ބަދިގެޔަށް ވަދެ މަސްކެއްކުމަށް ދިވެހި އަންހެންވެރިން މިހާރު ބޭނުންނުވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އީދު ބަންދުގައި ރާއްޖޭގެ ދެކުނު ގިނަ މަސްވެރިންނާއި ބައްދަލުކޮށްފައިވާކަމަށެވެ.
މީގ ކުރިން މަޖިލީހުގައި ދުމަށިހަދާ ވާހަކަ ދެއްކިކަމަށާއި، އެހެންނަމަވެސް ދިވެހި އަންހެނުން މިއަދު ބަދިގެއަށްވަދެ މަސްވެރިކަން ކުރުމަށް ބޭނުންނުވާކަމަށް ޖާބިރު ވިދާޅުވިއެވެ.
މަސްވެރިންނަށް ދޭންޖެހެނީ އެމީހުން ބާނާމަހުގެ ހަމަ އަގުކަމަށާއި، އެހެންނަމަވެސް މިފްކޯއަށް ކިރާ މަސްކޮޅަށް ލާރިނުދޭތާ ތިން މަސްވެފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.
މިއަދު މަސްވެރިން ތިބީ ހުއްޓިފައިކަމަށާއި، މަޖިލީހުން ޤާނޫނެއް އެކުލަވާލާއިރު ބަލަންޖެހޭނީ އެކަންކަން އިސްލާހު ކުރުމަށްކަމަށް ޖާބިރު ވިދާޅުވިއެވެ.