ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އީދު ބަންދަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި މިހާރު ހުށަހެޅިފައިވާ ބިލްތައް ނިންމަންޖެހޭކަމަށާއި، އެހެންކަމުން ކުރަންހުރި މަސައްކަތްތައް ވަރަށްބުރަ ކަމަށެވެ. 

އެގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާފަިއވާ ހަ ބިލްވެސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރު ބަހުސްކުރަމުންދާ މަސްވެރިކަމާއި ބެހޭ ބިލަކީ ވަރަށް މުހިންމު ބިލެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެ ބިލުގެ މަސައްކަތްތައް ނިންމުމަށް މިރޭވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަނެކަމަށެވެ. 

އަދި ކުރިއަށް އޮތް ބްރާސްފަތި ދުވަހާއި އާއްދީއްތަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނޭކަމަށް ރައިީސް ނަޝީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.