ޖިނާއީ މައްސޫލިޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމަށް ހުށަހަޅައިފިއެވެ.

މިގޮތަށް ބަދަލުކުރުމަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހެޅި ކުޑަކުދިންގެ އަދުލުގެ ބިލުގެވެ. އަދި ޖިނާއީ މައްސޫލިޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމަށް ނިންމާފައިވަނީ އެ އުމުރަކީ އިސްލާމީ ޤައުމު ތަކުގައި ކަނޑައަޅާފައިވާ އުމުރަށްވާތީ ކަމަށް ސަރުކާރުގެ ފަރާތުން މައުލޫމާތުދެއެވެ.

މި ބިލުގައިވާގޮތުން ބޮޑެތި މީޙުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުހުގެ ނިޒާމާއި މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ޤާއިމުކުރަންޖެހެއެވެ. އަދި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްޞަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަޙައްދީ ޑިވިޜަންތައް ޤާއިމުކުރަންޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.