މަސްތުވެގެން އުޅުނު ދެމީހުން ށ. ފަރުކޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، ށ. ފަރުކޮޅުގައި ބަޔަކު ބަނގުރާ ބޭނުންކޮށް، މަސްތުވެގެން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މިމަހު 16 ވަނަ ދުވަހުގެ ރޭ 00:15 ހާއިރު، އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި، އެރަށުން ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، 38 އަހަރުގެ ދިވެހި ފިރިހެނަކާއި، 36 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް  ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

(ށ. ފަރުކޮޅަކީ ގުދުރަތީ ރީތިކަން ލިބިފައިވުމުން، އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ހިމާޔަތްކޮށްފައިވާ ފަޅު ރަށެކެވެ)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.