އިންޑިއާއިން ކަޝްމީރާއި މެދު އަމަލުކުރަމުން އަންނަގޮތުން ކުރީގެ ފޮރިން މިނިސްޓާރ ދުންޔާ މައުމޫން އިންޑިއާއަށް ފާޑުވިދާޅުވެއްޖެއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކަޝްމިރުގެ ބިން އިންޑިއާގެ ސިފައިން ހިފަމުންއަންނަކަމަށާއި، އަދި ބަނޑުހައިހޫނުކަމާއި އެކަށީގެންވާ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން ކަޝްމީރުގައި އެތައްބަޔަކު މަރުވަމުން އަންނަކަމަށެވެ. 

އަދި އިންޑިއާއިން ކަޝްމިރާއި މެދު އަމަލުކުރަމުން އަންނަގޮތަކީ އެޤައުމު ފަޚުރުވެރިވާ ޑިމޮކްރަސީތޯ ދުންޔާވަނީ ސުވާލު އުފައްދަވާފައެވެ. 


ކަޝްމީރާއި މެދު އިންޑިއާއިން އަމަލުކުރަމުން އަންގޮތަކަށް ކުރީގެ ފޮރިން މިނިސްޓާރ ދުންޔާ ފާޑުވިދާޅުވެ ޓްވީޓްކުރައްވާފައިވަނީ އިންޑިއާގެ މިނިވަންދުވަހާއިވެސް ގުޅުވައިގެންނެވެ. 

އިންޑިއާއިން އެޤައުމުގެ ޤާނޫނުއަސާސީން ކަޝްމީރަށް ހާއްސަކޮށް އިމްތިޔާޒްލިބޭ މާއްދާ 370 ވަނީ އުވާލާފައެވެ. އަދި ކަޝްމީރުގެ އިންޑިއާއަށް ވީ ފަޅި ދެބަޔަކަށް ބެހުމަށްފަހު ކަޝްމީރުގައި ކުއްލި ހާލަތު އިއުލާނުކޮށް ސިޔާސީ ވެރިންވަނީ ބަންދުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.