ކަރަންކާމަގުގައި ހުރި ފިހާރައަކުން ވައްކަން ކުރުމަށްފަހު ފިލަން އުޅެނިކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ރޭ ދަނވަރު 02:48 ހާއިރު، ކަރަންކާމަގުގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅާލައިގެން ފިހާރައިން ވައްކަން ކުރަން އުޅޭކަމަށް ފުލުހުންނަށް  ރިޕޯޓްކޮށްފައިވާކަމަށެވެ. 

އެމައްސަލަ އާއި ގުޅުގިން ފުލުހުން އެސަރަހައްދަށް ދިޔައިރު 4 މީހަކު ދުވެފައި ދަނިކޮށް ފެނުމުން އެމީހުން ފަހަތުންގޮސް ހުއްޓުވާ ފުލުހުން ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހުން ބަލާ ފާސްކުރުމުން ފިހާރައިން ވަގަށް ނަގާފައިވާ 748.35 ރުފިޔާއާއި އިންޑިއާ 10 ރުޕީޒް އާއި 5 ދިރުހަމާއި ނޮކިއާ ބްރޭންޑް ފޯނަކާއި އަތުގައި އަޅާ ގަޑިއެއްގެ އިތުރުން އެއް ސިނގިރޭޓް ފޮށި ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 23 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.