ވަގަށް ނަގާފައިވާ 46،000 ވުރެއް ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނެފައިވަނީ، އދ. މަހިބަދޫ ގެއަކުން ވައްކަން ކޮށްފައިވާކަމަށްބުނެ އޮގަސްޓް 15 ވަަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
އަދި އެމައްސަލަ އާއި ގުޅިގެން ފުލުހުން ކުރި ތަހުޤީގުން ވަގަށްނަގާފައިވާ 46،000 ރުފިޔާ އާއި 84 ޑޮލަރު ހޯދާފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ، އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެއްކަމަށެވެ.