މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން އަޑުގަދަވާތީ މަސައްކަތް ހުއްޓުވަން އެރި މީހަކު ފަސްވަނަ ބުރިން ދެވަނަ ބުރިއަށް ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާފަންނުގައި ހަދަމުންދާ އިމާރާތަކުން އަޑުގަދަވާތީ އެކަމާއި ހިތްހަމަ ނުޖެހިގެން، ޖެހިގެން ހުރިގޭގައި ދިރިއުޅޭ 40 އަހަރުގެ ދިވެހި ފިރިހެނެއް މަސައްކަތް ކުރަމުން ދިޔަ އިމާރާތަށް އަރާއުޅެނިކޮށް، އެއިމާރާތުގެ 5 ވަނަ ފަންގިފިލާގެ ވައިގޮޅިން ދެވަނަ ފަންގިފިލާއަށް ވެއްޓިފައިވާކަމަށް ބުނެ މިއަދު 10:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި ވެއްޓުނު މީހާއަށް ބޭރުފުށުން މާ ބޮޑު އަނިޔާއެއް ވެފައި ނުވި ނަމަވެސް ވައިގޮޅީގައި އިން ދެ އައުޓްޑޯ ޔުނިޓަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވި މީހާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.