ޚަބަރު
ހައްޖާޖީންގެ ރައްކާތެރިކަމަށް ޓްރެކިން ޑިވައިސްއެއް ގާއިމްކޮށް، އެޑިވައިސް ދޭން ނިންމައިފި

ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ފުރާ ކޮންމެ ހައްޖާޖީއެއް އަތުގައި ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ދޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހައްޖަށްދާ މީޙުން ގެއްލި ނުވަތަ މަގުއޮޅި ކަމެއް ވެއްޖެނަމަ، އެހަވާލުކުރި ޑިވައިސްގެ އެހީގައި އެ ކޯޕަރޭޝަންއަށް އެމީހަކު ގެއްލިފައިވާ ތަން ދެނެ ގަނެ އެ ތިބޭ ތަނެއް ވަގުތުން އެ ކޯޕަރޭޝަންއަށް އިނގޭނެފަދަ ނިޒާމެއް ގާއިމްކޮށްފައި ވާނެ ކަމަށެވެ.

އެ ބޭފުޅާ އެ ހުންނެވި ތަނެއްގެ ސީދާ ލައިވް ލޮކޭޝަން ހޯދާލެވޭނެ ފަދަ ނިޒާމެއް މިހާރު ހައްޖު ކޯޕަރޭޝަންގެ ތެރެއިން މި ވަނީ ގާއިމްކުރެވިފައި. މާނައަކީ ސައުދީ އަރަބީއާގައި ވެސް، ކޮންމެ ތަނެއްގައި ހުރި ކަމަށް ވިޔަސް އަޅުގަނޑުމެންނަށް އެބޭފުޅާ ހުރި ތަން ދެނެގަނެވޭ ގޮތަށް.

ހައްޖަށްދާ މީހުންގެ ރައްކާތެރިކަމަށްޓަކައި އެ ކޯޕަރޭޝަނުން މި ފިޔަވަޅު އަޅަން ނިންމީ މީގެ ކުރިން ހައްޖަށްދާ ގިނަ މީހުން ގެއްލޭކަން ފާހަގަކުރައްވާ އެމީހުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ޝަކީލް ވިދާޅުވި އެވެ. އެގޮތުން ޝަކީލް އިލްތިމާސްކުރެއްވީ އެ ގްރޫޕެއްގެ އިސްކޮށް ހުންނަ މީހަކަށް އެންގުމަށްފަހު ނޫނީ އެކަނި ތަންތަނަށް ނުދިއުމަށެވެ.

ބައެއް ބޭފުޅުންނަކީ އެތަނަށް ފަރިތަ ބޭފުޅުން ކަމަށް ވިޔަސް، އިސް ބޭފުޅުންނަށް ދަންނަވާފައި ވަޑައިގަންނަވާށޭ.

ރާއްޖޭން ހައްޖަށް ގެންދަން މިހާރު ލިބެނީ 1000 ކޯޓާއެވެ. އެހެންނަމަވެސް ކޯޓާ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުފުޅުގެ ދަށުން އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން 1000 ފަގީރުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު ވައުދުފުޅެކެވެ. އެގޮތުން މިއަހަރު ހައްޖަށް ފޮނުވުމަށް 50 މީހުންނަށް ވަނީ އެފުރުސަތު ދީފަ އެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top