1. އަޝްވަގަންދާ

އަޝްވަގަންދާ (އިންޑިއަން ޖިންސެންގް، ޕޮއިޒަން ގޫސްބެރީ ނުވަތަ ވިންޓާ ޗެރީ) އަކީ ދާއިމީ ސްޓްރެސް އިން ހަށިގަނޑު ރައްކާތެރިކުރުމަށްޓަކައި ބައެއް ޤައުމްތަކުގައި ބޭނުންކޮށް އުޅޭ ގަހެކެވެ. އަޝްވަގަންދާ އަކީ ސްޓްރެސް ހޯމޯނެއް ކަމުގައިވާ ކޯޓިސޯލް މަދުކޮށްދީ، އެންޒައިޓީ ދަށްކޮށްދޭ އެއްޗެކެވެ. ނިދަން އޮށޯތުމުގެ ބައިގަޑިއިރު ކުރިން ހޫނު ކިރު ތަށްޓެއްގެ ތެރެއަށް އެއް ސައިސަމުސާ އަޝްވަގަންދާ ޕައުޑަރު އެޅުމަށްފަހު ގިރާލައިގެން ބޯލާށެވެ.

2. ވޮލްނަޓްސް

މިއީ ހަނދާން ގަދަކޮށްދީ، އުމުރާއި ގުޅުންހުރި ކޮގްނިޝަންގެ މައްސަލަތަކުން ރައްކާތެރިކޮށްދީ، ސިކުނޑި ޒުވާންކަންމަތީ ދެމެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. ވޮލްނަޓްސްގައި ހިމެނޭ ބީ ވިޓަމިންސް އަދި އޮމެގާ-3 ގެޓީ އެސިޑްސް އަކީ ސެންޓްރަލް ނާވަސް ސިސްޓަމް ދެމެހެއްޓުމަށް ކޮންމެހެން ބޭނުން މާއްދާތަކެކެވެ. ވޮލްނަޓްސް އަކީ ސިކުނޑި އުފާކޮށްދޭ އެއްޗެއްވެސް މެއެވެ. އެގޮތުން ވޮލްނަޓްސްގައި ހިމެނޭ ވިޓަމިން އީގެ ސަބަބުން މޫޑް ރަނގަޅުވެއެވެ.

ދުވާލެއްގެ މައްޗަށް ހަ ވޮލްނަޓް ކެއުމަކީ ރަނގަޅުކަމެކެވެ. ވޮލްނަޓްގައި ހިމެނޭ ހަޖަމުކުރަން ދަތިކުރާ ފައިޓިކް އެސިޑް އާއި އެންޒައިމް އިންހިބިޓާތައް ނައްތާލުމަށްޓަކައި، ކެއުމުގެ ކުރިން ވޮލްނަޓް ފެނުލާށެވެ.

3. ރީނދޫ

މިއީ ދާއިމީ ސްޓްރެސްގެ އަސަރުތައް ރަނގަޅުކޮށްދޭ އެއްޗެކެވެ. ރީނދުލުގައި ހިމެނޭ އެކްޓިވް މާއްދާއެއް ކަމުގައިވާ ކާކިއުމިން އަކީ އުފާވެރިކަން ގެނެސްދޭ ދެ ހޯމޯން ކަމުގައިވާ ޑޮޕެމައިން އާއި ސެރޮޓޮނިން އިތުރުކޮށްދީ، ޑިޕްރެޝަން އާއި ގުޅުންހުރި އަލާމާތްތައް ކުޑަކޮށްދީ، މީހާ އެލާޓްކުރުވާ އެއްޗެކެވެ. މި ފައިދާތައް ލިބިގަތުމަށްޓަކައި ދުވާލެއްގެ މައްޗަށް 2-3 ގްރާމް (1/2 ސައިސަމުސާ) ރީނދޫ ކާށެވެ. ހޫނު ފެނުގެ ތެރެއަށް ރީނދޫ އަޅައިގެން ބުއިމަކީވެސް ވަރަށް ފައިދާހުރި ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *