ޚަބަރު
މޯލްޑިވިއަން އިން އާ އެއާބަސްއެއް ހޯދަން އިއުލާންކޮށްފި
ފޮޓޯ: ޓްރިޕް އެޑްވައިޒާ

ގައުމީ އެއާލައިން މޯލްޑިވިއަން އަށް އެއާބަސް މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ  އެއާބަސް އޭ319ސީއީއޯ ނުވަތަ އޭ32ސީއީއޯ މަރުކާގެ ފްލައިޓެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.

މި ފްލައިޓް ހޯދަން ބޭނުންވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ފްލައިޓްގެ ދަތުރުތައް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭ މިންވަރަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މޯލްޑިވިއަންއިން ދެމުން ގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކުންފުނިން އަންނަނީ އެކިއެކި ކަންކަން ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ފްލައިޓް ފްލީޓް އާކޮށް ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން މޯލްޑިވިއަނުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެ އެއާލައިންގެ ހަތަރުވަނަ އޭޓީއާރް ރާއްޖެ ގެނެސްފަ އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓު ކުރެވެމުންދެ އެވެ. މީގެ ތެރޭގައި ހިމެނެނީ އެއާބަސް 320A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓެވެ.

9
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top