މިނާގައި ނިޔާވި ދިވެހި ހައްޖުވެރިޔާގެ ހަށިގަނޑު މައްކާގައި ވަޅުލައިފިއެވެ.

މިނާގައި ނިޔާވެފައިވަނީ ހައްޖު ކޮޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ފ. ދަރަނބޫދޫ އުމުރުން 39 އަހަރުގެ އަންހެނެކެވެ. 

އޭނާ މަރުވެފައިވަނީ ޓެންޓުގައި ހުއްޓައި ވެއްޓި ސްޓްރޯކެއްޖެހިގެން ފަރުވާދެމުން ދަނިކޮށް މިނާގެ "މިނާ އަލްވާދީ" ހޮސްޕިޓަލުގައެވެ.

ނިޔާވި ދިވެހި ހައްޖާޖީގެ މައްޗަށް ކަށު ނަމާދު ކޮށްފައިވަނީ ފަތިހު ފަތިސްނަމާދަށްފަހު ހަރަމްފުޅުގައެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީވެސް މައްކާގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.