ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޮންމެ މުވައްޒަފަކަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި 7879.79 ރުފިޔާ ދީފިއެވެ..

އެމްއޭސީއެލް އިން ނެރެފައިވާ އިންޓާނަލް ސާކިއުލާއެއްގައި ބުނީ މިދިޔަ އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ހަމަޖެހިފައިވަނީ ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށާއި އީދު ބަންދުގެ ކުރިން ފައިސާ މުވައްޒަފުންނަށް ޖަމާކޮށްދީފައިވާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ބޯނަސް ދީފައިވަނީ ވަޒީފާގައި އުޅުނު ދުވަހަށް ބަލާފައި ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ނަމަވެސް އެމްއޭސީއެލްއިން ވަޒީފާއިން ވަކިކޮށްފައިވާ އެއްވެސް މުވައްޒަފަކަށް ބީނަސްއެއް ނުލިބޭނެއެވެ

ފިނޭންސް މިނިސްޓްރީ އިން މިހާރު އިއުލާން ކޮށްފައިވާ އުސޫލުގައިވާ ގޮތުން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭން ވާނީ ކުންފުނީގެ ބޯޑުން ފާސްކޮށް އަދި ކުންފުނީގެ އަހަރީ އާއްމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.