ފުލުހުންގެ ސައިކަލަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި އދ. މަހިބަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން މަހިބަދޫއިން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި އެމީހާ ހައްޔަރުކުރީ ފުލުހުންނަށް އިންޒާރުދީ ސައިކަލަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައިކަމަށެވެ.