ބޭސްފަރުވާއަށް ގިނަ ބަޔަކު ރާއްޖެއިން ބޭރަށްދާތީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ނުރުހުން ފާޅުކުރައްވައިފިއެވެ.
ރާއްޖެއިން ބޭރަށް ސިއްޚީ ކަންކަމުގައި ގިނަ ބަޔަކު ދަތުރުކުރާކަމަށާއި، އަދި އެގޮތުން އެންމެ ގިނައިން ދިވެހިން ގޮސްއުޅެނީ އިންޑިއާ އަށް ކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
އެކަމާއި މެދު ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައި މެމްބަރު ޝިޔާމް ވިދާޅުވީ، އެކަމަކީ އަޅުވެތިކުރުމަށް ބައްޓަންކޮށްފައި އޮތް ސިޔާސަތެއްކަމަށެވެ. އަދި އެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމުމަށް ގެނައުމަށް މަސައްކަތް ކޮށްފައިވާކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ."
ދަރުމަވަންތަ ހޮސްޕިޓަލަކޫ ހަމައެކަނި ހޮސްޕިޓަލެއްނޫން. ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރިހަމަ މަޤްސަދު މި ސަރުކާރުން ހާސިލް ކޮށްދޭނެ ކަމަށް އުންމީދުކުރަން" ޝިޔާމްގެ ޓްވީޓްގައި ވެއެވެ.
ބޭސްފަރުވާއަށް ގިނަ ބަޔަކު ރާއްޖެއިން ބޭރަށްދާތީ މެމްބަރު ޝިޔާމް ނުރުހުން ފާޅުކުރައްވައިފައި ވާއިރު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮފް-ޕީކް ސީޒަންގައި 32 އިންސައްތަ މީހުން އިންޑިއާއަށް ކުރިއިރު ޕީކް ސީޒަންގައި 34 އިންސައްތަ މީހުން އެ ގައުމަށް ދަތުރު ކުރި އެވެ.