އަސޭމިރުހަކީ ކާބޯތަކެތި ތައްޔާރުކުރުމުގައި އާންމުކޮށް ބޭނުންކޮށްއުޅޭ އެއްޗެކެވެ. އަސޭމިރުހަކީ ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް އެކުލެވިގެންވާ، ސިއްޙަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ތިރީގައި މިވަނީ އަސޭމިރުހުން ލިބޭ ބައެއް ފައިދާތަކެވެ.

1. ކެންސަރުން ރައްކާތެރިކޮށްދޭ

އަސޭމިރުހުގައި ހިމެނޭ ޕައިޕެރިން އަކީ ކެންސަރު ޖެހުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. އަދި ރީނދުލާއި އެކުވުމުން އެ މާއްދާގެ ބާރުގަދަކަން ދެގުނަ އިތުރުވެގެންދެއެވެ. އަސޭމިރުހަކީ ވިޓަމިން ސީ، ވިޓަމިން އޭ އާއި ފްލެވޮނޮއިޑްސްގެ އިތުރުން ކެރޮޓީންސްފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. މި އެންޓިއޮކްސިޑެންޓްތަކަކީ ނުރައްކާތެރި ފްރީ ރެޑިކަލްތައް ނައްތާލައި، ކެންސަރާއި އެހެނިހެން ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. އަސޭމިރުހުގެ ފައިދާތައް އެންމެ ރަނގަޅަށް ލިބިގަތުމަށްޓަކައި، ކެއްކުމުގައި ބޭނުންކުރުމުގެ ބަދަލުގައި ތާޒާ އަސޭމިރުސް މުގުރައިގެން ކާށެވެ.

2. ހަޖަމުކުރުމުގައި އެހީތެރިވެދޭ

ޕައިޕެރިން އަކީ ހަޖަމުކުރުމުން ފަސޭހަކޮށްދީ، ބަނޑުގައި ހައިޑްރޮކްލޮރިކް އެސިޑް އުފެދޭއިރު ބަނޑަށް ފަސޭހަކޮށްދީ، ކާއެއްޗެހީގައި ހިމެނޭ ޕްރޮޓީންސް ހަޖަމުކޮށްދޭ މާއްދާއެކެވެ. އެހެންކަމުން އަސޭމިރުސް ކެއުމަކީ ޕްރޮޓީން ހުންނަ ކާއެއްޗެހި އަވަހަށް ހަޖަމުކޮށްދޭ ކަމެކެވެ.

3. ކެއްސުމާއި ރޯނގާ ފަސޭހަކޮށްދޭ

އަސޭމިރުހަކީ އޭގެ ޒާތުގައި އެންޓިބެކްޓީރިއަލް އެއްޗެކެވެ. އެހެންކަމުން އަސޭމިރުހަކީ އަރިދަފުހާއި ކެއްސުން ރަނގަޅުކޮށްދޭ އެއްޗެކެވެ. ހިމުންކުރި އަސޭމިރުހާއި އެއް ސައިސަމުސާ މާމުއި އެއްކޮށްލައިގެން ބުއިމަކީ އެފަދަ މައްސަލަތަކަށް ރަނގަޅު ކަމެކެވެ. މީގެ އިތުރުން އަސޭމިރުހަކީ ޕޮލިއުޝަން އާއި ފްލޫ ނުވަތަ ވައިރަލް އިންފެކްޝަންގެ ސަބަބުން މޭމަތީގައި އަރިދަފުސް ހަރުލުންވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ. އެއީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވުމާއެކު، އަސޭމިރުހަކީ ރަނގަޅު އެންޓިބައޮޓިކެއްގެ ގޮތުގައިވެސް މަސައްކަތްކުރާ އެއްޗެކެވެ.

4. ބަރުދަން ލުއިކުރުމުގައި އެހީވެދޭ

އަސޭމިރުހަކީ ކާއެއްޗެހިން ނިއުޓްރިއެންޓްތައް ހަށިގަނޑަށް ނަގައިދިނުމުގައި މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. މީގެ އިތުރުން އޭގެ ބޭރު ފަށަލައިގައި މެޓަބޮލިޒަމް އަވަސްކޮށްދީ، ފެޓް ސެލްތައް ހަލާކުކޮށްދޭ ފައިޓޯނިއުޓްރިއެންޓްސް އެކުލެވިގެންވެއެވެ. އަސޭމިރުސް ކެއުމަށްފަހު ދާހިއްލާނަމަ، އޭގެ މާނައަކީ ހަށިގަނޑުގައި ހުންނަ އިތުރު ފެނާއި ވިހަތައް ބޭރުވަނީ ކަމަށެވެ. އެހެންނަމަވެސް އަސޭމިރުހަކީ މާގިނައިން ކެއުންވެސް ރަނގަޅު އެއްޗެއް ނޫނެވެ.

5. ހަންގަނޑު ރަނގަޅުކޮށްދޭ

އަސޭމިރުހަކީ ޤުދުރަތީ އެންމެ ރަނގަޅު އެއް އެކްސްފޯލިއޭޓަރެވެ. ނަމަވެސް އިތުރު އެއްޗަކާއި ނުލައި، ސީދާ ހަމުގައި އަސޭމިރުސް ބޭނުންކުރާކަށް ނުވާނެ އެވެ. މާމުއި އާއި ތާޒާ ކްރީމްގެ ތެރެއަށް އަސޭމިރުސް ކޮޅެއް އަޅާލުމަށްފަހު ބޭނުންކުރާށެވެ. އަސޭމިރުހަކީ ލޭދައުރުވުން ރަނގަޅުކޮށްދީ، ހަންގަނޑަށް އޮކްސިޖަން ފޯރުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ހަންގަނޑުގައި ރޫޖެހުމުންވެސް ރައްކާތެރިކޮށްދެއެވެ. ހަންގަނޑު ހުދުވުން (ވިޓިލިގޯ) ރަނގަޅު ކުރުމުގައިވެސް އަސޭމިރުސް ބޭނުންކޮށް އުޅެއެވެ.

6. ޑިޕްރެޝަން އާއި ނަފްސާނީ ބަލިތަކުން ރައްކާތެރިކޮށްދޭ

އަސޭމިރުހުގައި ހިމެނޭ ޕައިޕެއިން އަކީ ޑިޕްރެޝަން އާއި ހަނގުރާމަކުރުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. އެގޮތުން ޕައިޕެރިން އަކީ ސިކުނޑި އެކްޓިވްކޮށްދީ، ރަނގަޅަށް މަސައްކަތްކުރުމަށްވެސް މަގުފަހިކޮށްދޭ އެއްޗެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.