ކޯމާގައި އޮތް ހައްޖުވެރިޔާގެ ހާލަތަށް ބަދަލެއް ނާންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ހާލު ސީރިއަސްވެ ކޯމާއެއްގައި މިޙާރު އޮތީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފ. ދަރަނބޫދޫ އަށް ނިސްބަތްވާ 38 އަހަރުގެ އަންހެނެކެވެ.

އޭނާއަށް ސްޓްރޯކެއް ޖެހިފައިވަނީ މިނާގައި ޓެންޓުގައި ހުއްޓައެވެ. 

މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާގޮތުގައި ހާލު ސީރިއަސްވި ހައްޖާޖީ ފިޔަވާ ދެންތިބި ހުރިހާ ހައްޖާޖީންގެވެސް ހާލު ރަނގަޅެވެ. 

މައުލުމާތު ލިބިފަިއވާ ގޮތުގައި މިއަދހަރު ހައްޖަށް ދިޔަ ދިވެހި ހައްޖާޖީން މާލެ އަންނަަން ފަށާނީ އާދީއްތަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.