ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސޯލިހް ލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ އަބިކަނބަލުންނާއި އެކު އީދު ޗުއްޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އީދު ޗުއްޓީއަށް ރައީސް ލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އާއްދީތަ ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނޭކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.