ބ. އތޮޅުން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ، 08:45 ކުން 12:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ، އެވަގުތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، އަދި ވިލާ ގަނޑުގައި ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން އަންނަނީ ދޭތެރެ ދޭތެރެއިން އެކި އެލާޓްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ނެރެމުންނެވެ.