ޚަބަރު
އިންޑިއާއަށް ދޭންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުން ފަސްކޮށްފި

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އިތުރު އަހަރަކަށް ފަސްކޮށްފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާއިން ރާއްޖެއަށް ލުއިފަސޭހަ ދޭން ނިންމީ 13 މެއި 2024 އިން ފެށިގެން މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ، މެދުވެރިކޮށް، އިތުރު އަހަރަކަށް 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ރޯލްއޯވަރ ކުރުމުގެ ސިފައިގަ އެވެ.

އިންޑިއާ ސަރުކާރުން ޓީބިލް ރޯލްއޯވަރ ކުރަން ނިންމީ، މިއަހަރުގެ މެއި މަހުގެ 8-10 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖޭޝަންކަރްއާއި ބައްދަލުކުރެއްވުމަށްފަހު އެވެ.

ބަޖެޓުގެ އެހީތެރިކަމުގެ ސިފައިގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ދީލަތި އެހީތެރިކަމުގެ އަގު ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކޮށްފައި ވެއެވެ. ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗަރަލް ޑިވެލޮޕްމަންޓް މަޝްރޫއުތަކާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓަލް މަޝްރޫއުތައް އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްދާއިރު، ގްރާންޓް އެހީގެ ގޮތުގައި ފާހަގަކޮށްލެވޭ ބައެއް ހިމެނެ އެވެ.

 

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top