ޅ. ނައިފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ނައިފަރުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ އެރަށުގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ނައިފަރުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.