2019 ވަނަ އަހަރުގެ ޓީން ޗޮއިސް އެވޯޑް ހަފްލާގައި މާވެލްގެ ފިލްމު "އެވެންޖާޒް: އެންޑްގޭމް" އާއި ޓީވީ ސީރީޒް "ރިވަޑޭލް" އިން ހަތަރު އެވޯޑް އުފުލާލައިފިއެވެ.
ކެލިފޯނިއާގެ ހާމޯސާ ބީޗްގައި ބޭއްވުނު މި އެވޯޑް ހަފްލާގައި މުޅީން އަލަށް ތައާރަފްކުރި އައިކަން އެވޯޑް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހޯދިިއިރު، ހޯސްޓުންގެ ގޮތުގައި އުޅުނީ ލުސީ ހޭލް އާއި ޑޭވިޑް ޑޮބްރިކް އެވެ.
ގާތްގަނޑަކަށް 55 މިލިއަނެއްހާ ޓީނޭޖް އުމުރު ފުރައިގެ ކުދިންގެ ވޯޓާއެކު މި ހަފްލާގައި ނުވަ ނޮމިނޭޝަނާއެކު ކުރިމަތިލީ "އެވެންޖާޒް: އެންޑްގޭމް" އަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި، ޗޮއިސް އެކްޝަން މޫވީ، ޗޮއިސް އެކްޝަން މޫވީ އެކްޓަރު (ރޮބަޓް ޑައުނީ ޖޫނިއަރ) އަދި އެކްޓްރެސް (ސްކާލެޓް ޔޮހަންސަން) ހިމެނެއެވެ.
"ރިވަޑޭލް" އިން ވަނީ ނޮމިނޭޓްވި ހުރިހާ ކެޓަގަރީއަކުން އެވޯޑް ހާސިލްކޮށްފައެވެ. އޭގެތެރޭގައި، ޗޮއިސް ޑްރާމާ ޓީވީ ޝޯވ އާއި ޗޮއިސް ޑްރާމާ ޓީވީ އެކްޓްރެސް (ލިލީ ރެއިންހާޓް) ގެ އެވޯޑް ހިމެނެއެވެ.
ފިލްމުތަކުގެ ކެޓަގަރީ އިން ގިނަ ކާމިޔާބީތަކެއް ޑިޒްނީ އާއި މާވެލްގެ ފިލްމުތަކުން ހޯދިއިރު، "އެލާޑިން" އާއި "ސްޕައިޑާ-މޭން: އިންޓު ދަ ސްޕައިޑާ-ވާސް" ގެ އިތުރުން ޓީވީ ސީރީޒްގެ ބައިން "ޝެޑޯހަންޓާޒް" އަދި "ސުޕަނެޗުރަލް" އާއި "ސްޓްރޭންޖާ ތިންގްސް" ވަނީ އެވޯޑް ހާސިލްކޮށްފައެވެ.
މި ހަފްލާގައި ޕާފޯމްކުރި ފަރާތްތަކުގެ ތެރޭގައި، ވަންރިޕަބްލިކް އާއި ބްލޭންކޯ ބްރައުންގެ އިތުރުން މޭބެލް އަދި މޮންސްޓާ އެކްސް އާއި ޖޯޑަން މެކްގްރޯ ހިމެނެއެވެ.
ޓީން ޗޮއިސް އެވޯޑް ހާސިލްކުރި ފަރާތްތައް:
- ޗޮއިސް އެކްޝަން މޫވީ: "އެވެންޖާޒް: އެންޑްގޭމް"
- ޗޮއިސް އެކްޝަން މޫވީ އެކްޓަރ: ރޮބަޓް ޑައުނީ ޖޫނިއަރ - "އެވެންޖާޒް: އެންޑްގޭމް"
- ޗޮއިސް އެކްޝަން މޫވީ އެކްޓްރެސް: ސްކާލެޓް ޔޮހަންސަން - "އެވެންޖާޒް: އެންޑްގޭމް"
- ޗޮއިސް މޫވީ ވިލަން: ޖޯޝް ބްރޯލިން - "އެވެންޖާޒް: އެންޑްގޭމް"
- ޗޮއިސް ސަމާ މޫވީ އެކްޓަރ: ޓޮމް ހޮލަންޑް - "ސްޕައިޑާ-މޭން: އިންޓު ދަ ސްޕައިޑާ-ވާސް"
- ޗޮއިސް ސަމާ މޫވީ އެކްޓްރެސް: ޒެންޑާޔާ - "ސްޕައިޑާ-މޭން: އިންޓު ދަ ސްޕައިޑާ-ވާސް"
- ޗޮއިސް ސައި-ފައި/ފެންޓަސީ މޫވީ އެކްޓަރ: ވިލް ސްމިތު - "އެލާޑިން"
- ޗޮއިސް ސައި-ފައި/ފެންޓަސީ މޫވީ އެކްޓްރެސް: ނައޯމީ ސްކޮޓް - "އެލާޑިން"
- ޗޮއިސް ސައި-ފައި/ފެންޓަސީ މޫވީ: "އެލާޑިން"
- ޗޮއިސް ޑްރާމާ މޫވީ: "އާފްޓަ"
- ޗޮއިސް ސަމާ މޫވީ: "ސްޕައިޑާ-މޭން: އިންޓު ދަ ސްޕައިޑާ-ވާސް"
- ޗޮއިސް ކޮމެޑީ މޫވީ: "ކްރޭޒީ ރިޗް އޭޝިއަންސް"
- ޗޮއިސް ރިއަލިޓީ ޓީވީ ޝޯވ: :އެމެރިކާސް ގޮޓް ޓެލެންޓް"
- ޗޮއިސް ތުރޯބެކް ޓީވީ ޝޯވ: "ފްރެންޑްސް"
- ޗޮއިސް ސަމާ ޓީވީ ޝޯވ: "ސްޓްރޭންޖާ ތިންގްސް"
- ޗޮއިސް ޑްރާމާ ޓީވީ ޝޯވ: "ރިވަޑޭލް"
- ޗޮއިސް ސައި-ފައި/ފެންޓަސީ ޓީވީ ޝޯވ: "ޝެޑޯހަންޓާޒް"
- ޗޮއިސް އެކްޝަން ޓީވީ ޝޯވ: "މެކްގީވާ"
- ޗޮއިސް ޓީވީ ވިލަން: ކެމަރަން މޮނަގަން - "ގޮތަމް"
- ޗޮއިސް ފިރިހެން އާޓިސްޓް: ޝޯން މެންޑެސް
- ޗޮއިސް އަންހެން އާޓިސްޓް: ބިލީ އެއިލިޝް
- ޗޮއިސް ސަމާ ގްރޫޕް: ޖޯނަސް ބްރަދާސް
- ޗޮއިސް އިންޓަނޭޝަނަލް އާޓިސްޓް: ބީޓީއެސް
- ޗޮއިސް ޕޮޕް ސޯންގް: އަރިއަނާ ގްރަންޑޭ - "ތޭންކް ޔޫ، ނެކްސްޓް"
- ޗޮއިސް ސޯންގް (ފިރިހެން އާޓިސްޓް): ލުއީސް ޓޮމްލިންސަން - "ޓޫ އޮފް އަސް"
- ޗޮއިސް އާރްއެންޑްބީ/ހިޕް-ހޮޕް އާޓިސްޓް: ކާޑީ ބީ