ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ގަވާއިދާ ހިލާފަށް ޓެކްސީ ކުރި 15 ޓެކްސީއަކަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން އާންމުކުރާ ވީކްލީ ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުން މިދިޔަ ހަފްތާގައި ވަނީ 262 ވެހިކަލެއް ހުއްޓުވައި ޗެކް ކޮށްފައެވެ. އޭގެ ތެރެއިން 126 ފަރާތަކަށް ފިޔަވަޅު އެޅިއިރު އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ޓެކްސީ ކުރި 15 ފަރާތެއް ހިމެނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ އަގަށް ވުރެ ގިނައިން ފައިސާ ނެގި ހަ ޑްރައިވަރަކު މީގެ ކުރިން ވެސް ފުލުހުން ޖޫރިމަނާކޮށްފައެވެ.

މީގެ ކުރިން ހުޅުމާލޭ ދަތުރަކަށް ޓެކްސީ ޑްރައިވަރުން ނަގަމުން އައީ 100 ރުފިޔާއެވެ. ނަމަވެސް ޓްރާންސްޕޯޓް އިތޯރިޓީން އަގުތަކަށް ގެނައި ބަދަލާއި އެކު މިހާރު ހުޅުމާލޭ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.