ޚަބަރު
ބަނޑޭރިކޮށި އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ބަނޑޭރިކޮށި އެޕާޓްމެންޓަކުން މަރުވެފަ އޮތް މީހަކު ވަނީ ފެނިފަ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ހަފްސީ

ބަނޑޭރިކޮށި އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރިކޮށި އެޕާޓްމަންޓެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓް ތެރެއިން މަރުވެފައިވާ ފިރިހެނަކު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެ ޕާޓްމަންޓަކީ މީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށެވެ.

މި ބަނޑޭރިކޮށި އެޕާޓްމަންޓަކީ މިވަގުތު ބޭނުން ކުރަމުންދާ ތަނެއް ނޫންކަން ވަނީ ޔަގީން ކުރެވިފައި.

މަރުވެފައި އޮއްވާ ފެނުނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށްވެސް ބުނެފައިވެ އެވެ.

އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

81
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top