ބާ ކައުންސިލްގެ ސަބް ކޮމިޓީތައް އެކުލަވާލުމަށް މަސައްކަތްކޮށްދޭނޭ ވަކީލުން ހޯދުމަށް އިއުލާނުކޮށްފިއެވެ. 

ބާ ކައުންސިލްގެ ދާއިމީ ކޮމިޓީތައް ކަމަށްވާ ލައިސެންސިންގ ކޮމިޓީއާއި، އެތިކްސް ކޮމިޓީއާއި، އިސްތިއުނާފް ކޮމިޓީއާއި، ޤާނޫނީ ތަޢުލީމު ކޮމިޓީއާއި، ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ،  އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓައި ވާކިން ގްރޫޕްތަކެއް އެކުލަވާލަން ނިންމާފައިވާއިރު، އެ ގްރޫޕްތަކަށް ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ ވަކީލުން އެކަމަށް އެދި ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. 

ވާކިން  ގްރޫޕް ތަކުގެ މަސައްކަތަކަށް ވާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަޝްވަރާއާ ލަފަޔާއެކު، ދާއިމީ ސަބް ކޮމިޓީތަކުގެ މެންޑޭޓާއި، އިޖްރާއަތްތަކާއި، ދާއިމީ ސަބް ކޮމިޓީތަކަށް މެންބަރުން ޢައްޔަންކުރުމާއި އެކޮމިޓީތަކުން މެންބަރުން ވަކިކުރުމުގައި ޢަމަލުކުރާނެގޮތާއި، ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުންނަށް ކަމާބެހޭ އުޞޫލުތަކާއި އެއްގޮތަށް އުޖޫރަދެވޭނެ އުސޫލު އެކުލަވާލުން ކަމަށް ބާ ކައުންސިލުން މައުލޫމާތު ދެއެވެ. 

އަދި އެ މަސައްކަތައް ޝައުޤުވެރިވާ ފަރާތަކުން އަންނަ ހަފްތާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ހުށަހެޅުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.