ޤާނޫނީ ފަންނުގެ ޤާނޫނު ތަސްދީޤުކޮށް އަމަލުކުރަން ފެށިއިރު، ވަކީލު ކަމުގެ ހުއްދަ ލިބިފައި ތިބި ވަކީލުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް އިތުރު ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ބާ ކައުންސިލުން ނިންމައިފިއެވެ. 

ބާ ކައުންސިލުން މިދިޔަ ބްރާސްފަތި ދުވަހު ނިންމާފައިވަނީ، ވަކީލު ކަމުގެ ހުއްދަ ލިބިފަިއވާ ފަރާްތަކުގެ ތެރެއިން ފަނޑިޔާރު ކަމުގައި މިހާރު ތިއްބެވި ބޭފުޅުން ފިޔަވައި އެހެން ހުރިހާ ވަކީލުންނަށްވެސް، އިތުރ ހުއްދަ ހޯދުމަކާއި ނުލާ ދަށު ކޯޓުތަކަށާއި، ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނާނެކަމަށެވެ. 

ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމަށް އެދޭ ވަކީލުން އެ ދެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އަލަށް އެދޭނަމަ ބާ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ހުއްދަ ދެވޭނޭކަމަށް އެކައުންސިލް މައުލޫމާތު ދެއެވެ. 

ޤާނޫނީ ފަންނުގެ ޤާނޫނު އައުމުގެ ކުރިން ވަކީލުންނަށް ހުއްދަ ދެމުން ދިޔައީ ސުޕްރީމް ކޯޓުންނެވެ. އެކޯޓުން ވަކީލު ކަމުގެ ހުއްދަ ލިބުނު ނަމަވެސް، ޖުޑީޝަލް އެކަޑަމީއިން ކުރިއަށްގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފުރކަހަމަ ކުރަންދެން އެ ވަކީލުން ތިބެންޖެހޭނީ ޓްރޭނީ ވަކީލުންގެ ގޮތުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.