އިއްޔެ ހަވީރު ވިލިމާލޭގައި ކެނޯއެއްގައި މޫދަށް އެރި އެޅެނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެއެވެ.

އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ގެއްލިގެން ހޯދަމުން ގޮސްފައިވަނީ އުމުރުން 20 އަހަރާއި 33 އަހަރުގެ ދެމީހުނެވެ. އެދެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި ފުލުހުން ކުރިއަށް ގެންގޮސްފައިވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޮޅިގަނޑެއްގައި ޖެހި އޮޔާ ގެންދިޔަ ކެނޯ ހުޅުމާލެ ސްވިމިން ޓްރެކްޓް އޮތް ސަރަހައްދަށް ދިއުމުން ކެނޯ ދޫކޮށްލުމަށްފަހު އެދެމީހުންވަނީ ފަތާފައި ހުޅުމާލެ އަރާފައެވެ. 

އެ ދެމީހުން ހުޅުމާލެ އަރާފައިވަނީ ރޭ ފަތިހު 03:30 ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.