ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަމަޖައްސަވާފައިހުރި ރެހެނދި ފްލެޓްގެ ދެ އެޕާޓްމެންޓް ހުސްކުރުމަށް އަންގައިފިއެވެ. 

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ނައިބު ރައީސް ޖިހާދަށް ފްލެޓް ހުސްކުރުމަށް ހައުސިން މިނިސްޓްރީން އަންގާފައިވަނީ މިމަހުގެ ފުރަތަަމަ ދުވަހުއެވެ. އެގޮތުން ހައުސިން މިނިސްޓްރީން ކުރީގެ ނައިބު ރައީސް ޖިހާދަށް އަންގާފައިވަނީ ހަތް ދުވަސް ތެރޭގައި ދެ އެޕާޓްމެންޓް ހުސްކުރުމަށެވެ. 

އެ އެޕާޓްމެންޓްތައް ހުސްކުރުމަށް ހައުސިން މިނިސްޓްރީން އަންގާފައިވަނީ އެތަންތަނަނީ ދައުލަތުގެ ތަންތަނަށްވެފައި އެގޮތަށް ބޭނުންނުކުރެވޭނެކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް އަންގާފައިވާތީ ކަން "ޖަޒީރާ ނިއުސް" އަށް ވަނީ އިނގިފައެވެ. 

ރެހެންދި ފްލެޓްގެ ދެ އިމާރާތަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ ތަނެކެވެ. އެ ދެ އިމާރާތުން ސަރުކާރަށް 10 އެޕާޓްމެންޓް ލިބުނު އިރު، އެތަނުން 8 އެޕާޓްމެންޓް ވިއްކާފައިވަނީ އޭރުގެ މިނިވަން މުއައްސަސާތަކުގެ ވެރިންނަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.