އީދު ނަމާދަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އީދު ސަލާމް ކުރައްވައިފިއެވެ.

ރައީސް ވަނީ އީދު ނަމާދަށްފަހު އެމަނިކުފާނުގެ އަރިހަށް އީދު ސަލާމް ކުރަން ވަޑައިގެންނެވި ފަރާތްތަކާއި އީދު ސަލާމް ކުރައްވާފައެވެ. އީދު ސަލާމް ކުރުން ކުރިއަށް ގެސްފައިވަނީ އިސްލާމީ މަރުކަޒުގައި އީދު ނަމާދަށް ފަހުއެވެ.

އެގޮތުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އެކި އުމުރުފުރައިގެ ބޭފުޅުންނާއި ރައީސް ވަނީ އީދު ސަލާމް ކުރައްވާފައެވެ.

ރައީސް ސޯލިހްގެ އަރިހުގައި އެމަނިކުފާނުގެ ނައިބު ނައިސަލް ނަސީމްވެސް ވަނީ އީދު ނަމާދަށް ފަހު ރައްޔިތުންނާއި އީދު ސަލާމް ކުރައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.