ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެނުކު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އީދު ހަދިޔާއެއްގެ ގޮތުގައި ދާއިރާގެ 5 ކުއްޖަކަށް ސްކޯލާޝިޕް ހަމަޖައްސައިދެއްވައިފިއެވެ.
އަނދުން ހުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަނދުން ހުސައިން ފައުންޑޭޝަންގެ ފަރާތުން ސްކޯލާޝީޕް ހަމަޖައްސާފައިވަނީ ސައިރެކްސް ކޮލެޖުން ކަމަށެވެ.
އެގޮތުން މާސްޓާޒް ލެވެލްއަށް ކިޔެވުމުގެ 2 ފުރުސަތާއި ބެޗްލާޒް ލެވެލަށް ކިޔެވުމުގެ 1 ފުރުސަތުގެ އިތުރުން ޑިޕްލޮމާއަށް ކިޔެވުމުގެ 2 ފުރުސަތު ސްކޯލާޝިޕްގެ ދަށުން ދޫކުރުމަށް ނިންމާފައިވާކަމަށް ޓްވީޓްގައި ވެއެވެ.
އަނދުން ހުސައިން ފައުންޑޭޝަންގެ ފަރާތުން މީގެ ކުރިންވެސް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު އެކި ކުދިންނަށް ހޯދައިދީފައިވާއިރު، މިފަހަރުގެ ސްކޯލާޝިޕްތަކަކީ ހެންވޭރު ދެކުނު ދާއިރާގެ ޒުވާނުން ބިނާކުރުމަށް ކުރައްވާ މަސައްކަތެއްކަމަށް މައުލޫމާތުދެއްވައެވެ.