ގދ.އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ރޮބިންސަން މޯލްޑިވްސް ރިސޯޓްގެ ސަޕްލައި ދޯންޏެއް އޮޔާގޮސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ރޭ ގދ.އަތޮޅަށް ކުރި ވިއްސާރައިގައި ރޮބިންސަން މޯލްޑިވްސް ރިސޯޓްގެ “ނޫރު” ނަމަކަށް ކިޔާ ސަޕްލައި ދޯނި އެ ރިސޯޓްގެ ފައްތިޔަލުގައި އަޅާފައި އޮއްވާ އޮޔާ ގޮސްފައިވާ ކަމަށެވެ.
ރޭ އޮޔާދިޔަ މި ދޯނި ފެނިފައިވަނީ މިއަދު ހެނދުނު 10:50 ހާއިރު ކަމަށާއި، އެ ދޯނި ފެނިފައިވަނީ ރިސޯޓެއްގެ ލޯންޗަކަށް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެ ދޯނި ފެނިފައިވަނީ "ހިރުފުށި" ކައިރިންނެވެ.