އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި އަޟްހާ އީދު ދުވަހު ވެސް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން 10 ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.

ބީއެމްއެލްއިން ވަނީ މިދިޔަ ފިތުރު އީދުގައި ވެސް އެކި ރަށްތަކުގައި އީދު ސައި ބާއްވައިފަ އެވެ. 

މިފަހަރުގެ އީދުގައި ބީއެމްއެލް އިން އީދު ސައި ބާއްވާފައި ވަނީ ހއ. ވަށަފަރު، ނ. މަނަދޫ، ރ. މީދޫ، ބ. އޭދަފުށި، ކ. މާފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، އަދި ސ. މަރަދޫގަ އެވެ.

އީދު ސައި އިންތިޒާމްކޮށްފައި ވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން އެފަރާތްތަކުގެ އެހީތެރިކަމާއެކުގައި ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އީދު ސަޔާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވީ، ކުޑަ އީދުގައި ވެސް ބީއެމްއެލް އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އީދު ސައި ވަރަށް ކާމިޔާބު ކަމަށާއި، އީދު ސައިގެ ވަގުތަކީ އުފާވެރި ވަގުތެއް ކަމަށެވެ. އަދި އީދު ސައިގެ ސަބަބުން އެކުވެރިކަން އާލާވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.