ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލައް ސިޓީ އަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފުވައްމުލައް ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ލިރާރް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ކުރާ ވިއްސާރައިގައި އެކި ގެތަކަށް ގެއްލުންވެފައިވާކަމަށެވެ.
އެގޮތުން 10 ގެއަކަށްވުރެއް ގިނަ ގެތަކުގެ ފުރާޅު ހަލާކުވެފައިވާކަމަށާއި، އަދި ގިނަ އަދަދެއްގެ ރުށް ގަސް ވެރިފައިވާކަމަށް ލިރާރް ވިދާޅުވިއެވެ.
ވިއްސާރާގައި ލިބުނު ގެއްލުންތައް މިހާރު ބަލަމުން އަންނަކަމަށާއި، ގެއްލުންތަކުގެ ތަފްސީލެއް ހާމަކުރެވެން އަންނާނީ އޭރުންކަމަށްވެސް ލިރާރް ވިދާޅުވިއެވެ.
"ގެއްލުން ލިބުނު މިންވަރު ބެލަމުން އަންނަނީ. ބައެއް މީހުންވަނީ ގެތަކުން ބަދަލުކުރެވިފަ"
ލިރާރް މައުލޫމާތު ދެއްވި ގޮތުގައި ފެންބޮޑު ވުމުގެ ސަބަބުން ޖަންކްޝަންތައް ބެދި އެކި މައްސަލަތައްވެސް ވަނީ ދިމާވާން ފަށާފައެވެ.