މުސްލިމް އުންމަތުގެ ތެރޭގައި އޯގާތެރިކަން އިސްކޮށް ނަފްރަތުވުން ނައްތާލަންޖެހޭ ކަމަށް މިއަހަރުގެ ހައްޖު ހުތުބާގައި ބުނެފިއެވެ.

ހައްޖު ހުތުބާ މިފަހަރު ދެެއްވީ އިމާމް، ޝައިހް މުހައްމަދު ބިން އަލް ހަސަންއެވެ.

އަރަފާތު ބިމުގައި މިއަދު އިއްވި ހައްޖު ހުތުބާގައި ޝައިހް މުހައްމަދު ބިން އަލް ހަސަން ވިދާޅުވީ، މީހުންނަށް އޯގާތެރިވާ މީހުންނަށް މާތްﷲގެ ހިފެހެއްޓުމެއް ނެތް ދަރުމަ އާއި ސަވާބު ލިބޭ ކަމަށެވެ. 

"ރަހުމަތް، އޯގާތެރިކަން މިއީ އެކަކު އަނެކަކަށް ބަދަލުކުރަންޖެހޭ އެއްޗެއް. އެކަކު އަނެކަކަށް އޯގާތެރިވާންޖެހޭ، ރަނގަޅުވާންޖެހޭ. މާތްﷲ ރަސޫލުންނަށް އޯގާތެރިވެ ވަޑައިގެންނެވި. އަސްހާބު ބޭކަލުންގެ ކިބައިން އޯގާތެރިކަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވޭ. އެބޭކަލުން އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެ ވަޑައިގެންނެވި. އެ ކަންކަމުން އިބްރާތް ލިބި، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވާންޖެހޭ" ޝައިހް ވިދާޅުވިއެވެ.

އަދި މުސްލިމުންނަކީ އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވާ ބައެއް ކަމަށާއި މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަން ރަސޫލާގެ ހަދީޘެއްގައި ވެސް ބަޔާންކޮށްފައިވާކަން ޝައިހް މުހައްމަދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝައިހް ވިދާޅުވީ ދެމީހެއްގެ ދެމެދުގައި ނުތަނަވަސްކަމެއް އޮވެއްޖެނަމަ އެކަން ސުލްހަ ކުރުމަކީ ރަހުމަތް ލިބޭނެ ކަމެއް ކަމަށެވެ.

ޝައިހް ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމަކަމާއެކު ހަމަޖައްސާފައިވާތީ ސައުދީ ސަރުކާރަށް ވެސް މަރުހަބާ ދަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.