ފުލުހުން ނޫސްވެރިންގެ ވާޖިބަށް ހުރަސްއެޅި މައްސަލައެއް މީޑިޔާ ކައުންސިލުން ބަލަން ނިންމަައިފިއެވެ.

މީޑިޔާ ކައުންސިލުން ބަލަން ނިންމާފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޤަފޫރު ސުޕްރީމް ކޯޓަށް ހާޒިރު ކުރިއިރު ފުލުހުން މީޑިޔާތަކަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހު 6 ވަނަ ދުވަހު ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކުރިއިރު ފުލުހުން ނޫސްވެރިނަށް ހުރަސް އެޅި ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި ނޫސްވެރިންގެ ވާޖިބް އަދާ ކުރުމުގައި މިނިވަން މާހައުލެއް ނޫސްވެރިނަށް ކަށަވަރު ކުރުމަކީ އެ ކައުންސިލުގެ ޒިންމާއަކަށް ވާތީ މި މައްސަލަ ބަލާނެ ކަމަށެވެ.

އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކުރިއިރު އެވަގުތު އެސަރަހައްދުގައި ތިބި ނޫސްވެރިންނާ ފޮޓޯގްރާފަރުން ވަނީ ފުލުހުން އެ ނޫސްވެރިންނަށް ހުރަސް އެޅިކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.