ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ކަމަށްވާ، ފިޔަވަތިން ފިލި ހަތް ކުއްޖަކު ފުލުހުން ހޯދައި އަނބުރާ އެތަނާއި ހަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 7:10 ހާއިރު ހުޅުމާލޭ ފިޔަވަތިން ހަތް ކުއްޖަކު ފިލައިގެން ގޮސްފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން އެ ކުދިންތައް ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުރި ފެންސެއްގެ މައްޗަށް އަރާ ތިއްބާ ހޯދާފައިވާ ކަމަށެވެ.

އަދި އެ ކުދިން އަނބުރާ މިހާރު ފިޔަވައްޗާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.