މުދާ ބަރުކޮށްގެން ކ.މަހާލް ކައިރިން ދަތުރުކުރި "ސަމޫރާ 2" ނަމަކަށް ކިޔާ ދޯންޏެއް އަރި އަޅައިލައިގެން މުދާތައް އޮޔާދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއިއެކު ވަގުތުން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ވަނީ އެ ސަރަހައްދަށް ގޮސް، ހަރަކާތްތެރިވާން ފަށައިފައެވެ.

ދަތުރުކުރަމުން ދަނިކޮށް އަރި އަޅައިލި އެ ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ ތިން ބިދޭސީންނާއި އެއް ދިވެއްސެވެ.

އެ ދޯނި ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން މާލެ އަތޮޅު ކަގިއަށެވެ.

އެ ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *