މިއަހަރުގެ ބޮޑު އީދު ދުވަހާއި ގުޅިގެން ހުޅުމާލޭގައި މާދަމާ ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ ކުރީ މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.

މާދަމާ ހަވީރު ހުޅުމާލޭގައި ދުއްވަން ހަމައެކަނި ޓްރާންސްޕޯޓުން ހުއްދަ ދީފައިވަނީ، ސަލާމަތީ ބާރުގެ ވެހިކަލްތަކާއި އަދި އެމްބިއުލާންސްއާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ސައިކަލާއި ހުޅުމާލެއާއި މާލެ ދެމެދުގައި ދަތުރުކުރާ ބަހުގެ އިތުރުން ދުއްވަން ހުއްދަ ދެވޭ އުޅަނދު ތަކަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިފަހަކަށް އައިސް ދަނީ މިގޮތަށް އަންނަ ހާއްސަ މުނާސަބާތައް ފާހަގަކުރުމުގެ ގޮތުން، ހަވީރު ގަޑީ މާލެ،ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރަމުންނެވެ.

އެކަމަށް ދަނީ އާއްމުންގެވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *