ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ގިނައިން ފައިސާ ނަގައިގެން ފުލުހުން ހަ ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ގިނައިން ފައިސާ ނަގައި ޓެކްސީތައް ބެލުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިނގަން ފަށާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހެވެ.
ޓްރާންސްޕޯޓުން ކަނޑައަޅުއްވާފައިވާ މިންގަނޑަށްވުރެ އިތުރަށް ފައިސާ ނަގައިގެން 6 ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހެވެ.
އެ ޓެކްސީ ތަކާއި މެދު ފިޔަވަޅު އަަޅުއްވާފައިވަނީ، "އެއްގަމު ދަތުރުފަތުރު" ގެ ގާނޫނުގެ 5 ވަނަ މާއްދާގެ “ރ” ގެ ދަށުންނެވެ.

ޓްރާންސްޕޯޓުން ވަނީ މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައި އިއުލާންކޮށްފައެވެ.

މާލެ ސަރަހައްދުގައި ހިދުމަތް ދޭން އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *