ކަޅު ތިލެޔޮ އޮށަކީ ގިނަ ސިއްޙީ ފައިދާތަކެއް އެކުލެވިގެންވާ، ގިނަ ކާބޯތަކެތި ތައްޔާރުކުރުމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. ކަޅު ތިލެޔޮ އޮށަކީ ތިލެޔޮ އޮށުގެ އެންމެ އާންމު ވައްތަރެވެ. ތިރީގައި މިވަނީ ކަޅު ތިލެޔޮ އޮށުން ލިބޭ ބައެއް ފައިދާތަކެވެ.

1. ގިނަ ނިއުޓްރިއެންޓްސް އެކުލެވިގެންވުން

ކެލްސިއަމް، ފޮސްފަރަސް، އަޔަން އަދި މެގްނީސިއަމްފަދަ ގިނަ ނިއުޓްރިއެންޓްތައް ތިލެޔޮ އޮށުގައި ހިމެނެއެވެ. އަދި ހަށިގަނޑަށް ހަކަތަ ލިއްބައިދީ، ހަޖަމުގެ ނިޒާމަށްވެސް ރަނގަޅު ޕްރޮޓީން އާއި ފައިބާވެސް ތިލެޔޮ އޮށުގައި ހިމެނެއެވެ.

2. ކޮލެސްޓްރޯލް ދަށްކޮށްދޭ

ތިލެޔޮ އޮށުގައި ހުންނަ ފައިބާއަށް ކިޔަނީ ލިގްނަންސް އެވެ. މި ގްރޫޕްގައި ހިމެނޭ ފައިބާތަކަކީ ޖުމްލަކޮށް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ މާއްދާތަކެކެވެ. މީގެ އިތުރުން ކަޅު ތިލެޔޮ އޮށުގައި ހިމެނޭ ފައިޓޮސްޓެރޯލްސް އަކީވެސް ކޮލެސްޓްރޯލް ދަށްކުރުމުގައި އެހީވާ މާއްދާއެކެވެ.

3. ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭ

ކޮލެސްޓްރޯލް ކޮންޓްރޯލްކޮށްދޭ ލިގްނަންސް އާއި ފައިޓޯސްޓެރޯލްސް އަކީ ކެންސަރާއި ހަނގުރާމަކޮށްދޭ މާއްދާތަކެއްވެސް މެއެވެ. މީގެ އިތުރުން ތިލެޔޮ އޮށުގައި ހިމެނޭ ސިސެމިން އަކީވެސް ލިވާ ދުޅަހެޔޮކަންމަތީ ދަމަހައްޓައިދީ، ހަށިގަނޑު ސާފުކުރުމަށް އެހީތެރިވެދޭ މާއްދާއެއް ކަމަށް ކެނެޑާގެ މެމޯރިއަލް ޔުނިވާސިޓީ އޮފް ނިއުފައުންޑްލޭންޑްގެ ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ ޑާނާ އެސް. ވޯލް ކުރި ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

4. ބަނޑުގެ މައްސަލަތައް ރަނގަޅުކޮށްދޭ

ކަޅު ތިލެޔޮ އޮށުގައި ހިމެނޭ ތެލަކީ ބަނޑުހަރުވުން ރަނގަޅުކޮށްދޭ އެއްޗަކަށްވާއިރު، އޭގައި ހިމެނޭ ފައިބާ އަކީ ޤަވާއިދުން ބޮޑުކަމުދިއުމަށް އެހީވެދޭ މާއްދާއެކެވެ.. މީގެ އިތުރުން ކަޅު ތިލެޔޮ އޮށަކީ ހަޖަމުގެ މައްސަލަތައް ރަނގަޅުކުރުމުގައި ވެސް އެހީވާ އެއްޗެކެވެ.

5. ނުރަޖެހުން ހުއްޓުވައިދޭ

ކަޅު ތިލެޔޮ އޮށުގައި ހިމެނޭ ބައެއް ނިއުޓްރިއެންޓްތަކަކީ ހަށިގަނޑުގައި މެލަނިން އުފައްދާ މިންވަރު އިތުރުކޮށްދޭ މާއްދާތަކެކެވެ. އޭގެ ސަބަބުން އިސްތަށީގެ އަސްލު ކުލަ އާއި ޒުވާންކަން ގިނަ ދުވަހަށް ދަމަހައްޓައިދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.