ލ.ދަނބިދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހިންގި މި އަލިފާނުގެ ހާދިސާގައި އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ހުރިހާ ޖަނަރޭޓަރ ސެޓްތަކެއް ވަނީ ހަލާކުވެފައެވެ.

ދަނބިދޫ އިންޖީނުގޭގައި އަލިފާން ރޯވި ޚަބަރު އެރަށު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވަނީ ކަށަވަރުކޮށްދީފައެވެ.

އަހުމަދު ޝަރީފް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިރޭ 08:30 ހާކަންހާއިރު ކަމަށާއި، ރަށުގައި އެއްވެސް ވަރަކަށް ކަރަންޓު ނެތްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.