އައްޑޫ ފްލައިންގް ސްކޫލުގެ ބޯޓެއް ވެއްޓިއްޖެއެެވެ.

އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގެ ސްކޫލުގެ ބޯޓު ވެއްޓިފައިވަނީ އެ އަތޮޅުގެ ޝަންގްރިލާ ވިލިނގިލި ރިސޯޓް ކައިރިއަށް ކަނޑަށެވެ.

މައުލޫމާތު ލިފައިވާ ގޮތުގައި މި ބޯޓު ވެއްޓިފައިވަނީ އިންޖީނު ފެއިލް ވެގެންނެވެ. 

އެހާދިސާ ހިނގާފައިވާކަން ފުލުހުން ކަށަވަރު ކޮށްދީފައިވާއިރު، ފުލުހުން ބުނެފައިވަނީ އެތަނަށް އެޓެންޑުކުރަމުން ދާކަމަށެވެ. 

އައްޑޫ ސިޓީއަށް ނިސްބަތްވާ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އެ ބޯޓު ވެއްޓުނު އިރު އޭގައި ދެމީހަކު ތިއްބެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފްލައިންގް ސްކޫލުގެ އިންސްޓްރަކްޓަރަކާއި ސ. މަރަދޫއަށް ނިސްބަތްވާ އަންހެން ދަރިވަރެކެވެ. 

ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ފުލހުން މަޢުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.