ޚަބަރު
ޑްރަގް މައްސަލައެއްގައި ދިވެހިންތަކެއް ހައްޔަރުކޮށްފި

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަަރޭޝަންތަކެއްގައި 15 މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ހުޅުމާލޭގައި މިމަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހުސް ދިވެހިންނެވެ. އޭގެ ތެރޭގައި 19 އަހަރާއި 28 އަހަރާ ދެމެދުގެ 9 މީހުން ހައްޔަރުކޮށްފައިވެ އެވެ. މީގެ ތެރޭގައި އަންހެނެއް ހައްޔަރުކޮށްފައިވާއިރު ދެން ހައްޔަރުކޮށްފައިވަނީ 8 ފިރިހެނުންނެވެ.

ކޯޓު އަމުރެއްގެ ދަށުން އެމީހުންގެ އެޕާޓްމަންޓު ފުލުހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓާއި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މިމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެތަނުން އެކަކު ފުލުހުން ދޫކޮށްލާފައިވާއިރު ހަތް މީހުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އެކަކު ވަނީ ތިން ދުވަހަށް ބަންދުކޮށްފަ އެވެ.

މީގެ އިތުރުން ދެން މާލޭގައި ހިންގި އޮޕަރޭޝަނުގައި 21 އަހަރާއި 37 އަހަރާއި ދެމެދުގެ 6 މީހުން ހައްޔަރުކޮށްފައިވާއިރު އެ ހަ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެމީހުން ތިބި އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 37 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން 10 ދުވަހަށް ބަންދުކޮށްފައިވާއިރު އެކަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

73
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top