ގއ.ގެމަނަފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިޘާއެއް ހިނގައި ދެ މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިޘާ ހިނގީ ލޯންޗެއްގެ ބެޓަރި ބަދަލުކުރުމުގެ ތެރޭގައި އެބެޓަރި ގޮވުމުގެ ސަބަބުނެވެ.

އަދި އަނިޔާވި ދެމީހުންނަށް ދަނީ އެރަށުގެ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުންނެވެ.

މިހާދިޘާގައި އަނިޔާވެފައިވަނީ އެރަށުގެ ދެ ޒުވާނުން ކަމަށްވާ އަހްމަދު ނިޤާފާއި މުހައްމަދު ޒާހިރު ހުސެއިންއަށެވެ.

މިހާދިޘާގައި ލޯންޗަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.