ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 2.5 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. 

މިކަން ހާމަކުރައްވާފައިވަނީ އީޔޫގެ ޚާރިޖީ ގުޅުންތަކާއިބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ރާއްޖެއަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވަމުންނެވެ. 

އެގޮތުން ޓެރަރިޒަމަކީ ވަރަށް ސީރިއަސްކޮށް ނަގަންޖެހޭ މައްސަލައެއްކަމަށާއި، އެކަން ހައްލުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އީޔޫ އިން އެއްބާރުލުންދެމުން ގެންދާނޭކަމަށް ފްރެޑިރީކާ މޮގުރީނީ ވިދާޅުވިއެވެ.

އަދި ފްރެޑިރީކާ މޮގުރީނީ ވިދާޅުވީ ރާއްޖެއިން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އީޔޫ އާއި އެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް ޑިފެންސް މިނިސްޓާރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.