އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ އޮފިސަރ ކޮމާންޑިންގ ކެޕްޓަން އިބްރާހީމް އާޒިމް ކެޕްޓަންގެ ރޭންކުން މޭޖާރ އެއްގެ ރޭންކަށް ޕްރޮމޯޓް ކޮށްފިއެވެ.

"ޖަޒީރާ ނިއުސް" އަށް އިނގިފައިވާ ގޮތުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ގިނަ އޮފިސަރުން ތަކަކަށް ވަނީ މަޤާމުގެ ކުރިއެރުން ދެއްވާފައެވެ.

އިއްޔެ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިފައިންގެ އޮނިގަނޑަށް ބަދަލު ގެންނަމުން ދާކަމާ ސިފައިންގެ ޕްރޮމޯޝަން ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދާކަމަށް ވަނީ ފާހަގަކޮށްފައެވެ.

އާޒިމްގެ މަޤާމުގެ ކުރިއެރުމާއި ގުޅޭގޮތުން ސުވާލުކުރުމުން މިއަދު އޭނާ މޭޖާރ ރޭންކަށް ޕްރޮމޯޓް ކުރައްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބބިފައިވާ ގޮތުގައި އިއްޔެ ވެސް ވަނީ ގިނަ އަދަދެއްގެ އޮފިސަރުންނާ އެހެނިހެން ރޭންކް ތަކުގެ ސިފައިންނަށް މަޤާމުގެ ކުރިއެރުން ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.