ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ދިވެހި ރުފިޔާ) ޖަމާކުރި ކަމަށް ބުނާ ޚަބަރު ރައީސް އޮފީހުން މިއަދު ދޮގުކޮށްފިއެވެ.

ރައީސް ޞާލިހްގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާކުރިކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ ހުށަހަޅާފައެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލް "މިހާރު" ނޫހަށް މިއަދު ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ ކަމަށާއި، އެހެންކަމުން މެލޭޝިއާ ބޭންކެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ.

ރައީސް ޞާލިހްގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، ރައީސް އޮފީހުން އާއްމުކޮށްފައިވާ ރައީސް ޞާލިހްގެ މާލީ ބަޔާނުގައި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު ހިމަނާފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.