ކަޝްމީރުގެ އިޤްތިސާދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ކަޝްމީރުގައި އިންޑިއާ ސިފައިން ކާފިއު އިއުލާނު ކުރިތާ މިއަދަށް 3 ދުވަސްވެފައިވާއިރު، ކަޝްމީރުގެ ކަންތައްތައް އާއްމުހާލަތަށް އައިސްފައެއްނުވެއެވެ.
އިންޑިއާ އިން އެޤައުމުގެ ޤާނޫނުއަސާސީން ކަޝްމީރަށް ހާއްސަކޮށް އިމްތިޔާޒްލިބޭ މާއްދާ 370 މިދިޔަ ހޯމަ ދުވަހު އުވާލުމަށްފަހު، ކަޝްމިރުގައި ތިބި ފަތުރުވެރިންނަށް ވަނީ 24 ގަޑިއިރުގެ ތެރޭގައި ކަޝްމީރުން ނިކުތުމަށް އަންގާފައެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ދުވަސްވަރަކީ ހިމާލިޔާ ފަރުބަދައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރެވެ. އަދި އިންޑިއާ ސަރުކާރުން ކަޝްމީރު ބަންދުކޮށް ފަތުރުވެރިންނަށް ކަޝްމީރު ދޫކޮށް ދިއުމަށް އެންގުމުން، ފަތުރުވެރިކމަުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ދެއްލުންތައް ވަމުން އަންނަކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އަދި ބައެއް ވިޔަފާރިތަކަށް ދުވާލަކު 3000 ޑޮލަރުގެ ގެއްލުން ވަމުން އަންނަކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.