ކަޝްމީރު މައްސަލައިގައި މުސްލިމް ޤައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

އޯއައިސީން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އިންޑިއާގެ މުސްލިމް މެޖޯރިޓީ ދިރިއުޅުމުން އަންނަ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒްތައް އުވާލުމަށް އިންޑިއާގެ ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. 

އިންޑިއާގެ ނިންމުމާއި ގުޅިގެން އޯއައިސީގެ ހާއްސަ ކުއްލި ބައްދަލުވުމެއް ޖިއްދާގައި ބާއްވާފައިވާއިރު، އޯއައިސީން ބުނެފައިވަނީ އެ ޖަމިއްޔާ އޮތީ ޖަންމު އަދި ކަޝްމީރުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ފަހަތުގައިކަމަށެވެ. 

އޯއައިސީން ބުނެފައިވަނީ އިންޑިއާއިން އދ. އާއި އެކު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އެސަރަހައްދަށް ސިފައިން ފޮނުވާ މުސްލިމުންނާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުން އަންނަކަމަށެވެ. އޯއައިސީގެ މި ބައްދަުވުމުގައި އެޖަމިއްޔާއިން ވަނީ ކަޝްމީރު ސަރަހައްދުގައި ސުލްހަ ޤާއިމު ކުރުމަށް މަސައްކަތް ކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށް ގޮވާލާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.