ކަޝްމީރު މައްސަލައިގައި ޕާކިސްތާނުން އިންޑިއާއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައިފިއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޕާކިސްތާނާއި އިންޑިއާ އާއި ދެމެދުއޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ނިންމާފައިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިސްކޮށް ހުންނެވި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމަކަށް ފަހުއެވެ. 

އެ ބައްދަލުވުމުގައި ދެޤައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ކުޑަކޮށް ޕާކިސްތާނުގައި ހުންނަ އިންޑިއާ ސަފީރު އަނބުރާ ފޮނުވާލާނެ ކަމަށް ވަނީ ބުނެފައެވެ. 

ކަޝްމީރު މައްސަލަ އިތުރަށް ހޫނުވެފައިވަނީ، މިދިޔަ ހޯމަ ދުވަހު އިންޑިއާ އިން އެޤައުމުގެ ޤާނޫނުއަސާސީން ކަޝްމީރަށް ހާއްސަކޮށް އިމްތިޔާޒްލިބޭ މާއްދާ 370 އުވާލުމާއި ގުޅިގެންނެވެ. މި ނިންމުމާއި އެކު އިންޑިއާއިން ވަނީ ކަޝްމީރުގައި އެޤައުމުން ވެރިކަން ކުރާ ފަޅި ދެބަޔަކަށް ބަހާލުމަށް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.